ޚަބަރު

ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

އާނިފާ ހުސެއިން ސިރާޖް

މިއަދު ފާހަގަކުރަމުން އަންނަ ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ރައީސުމްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުލް ހުރިހާ ޅެންވެރިންނަށް ފޮނުއްވައިފިއެވެ.

މިއަދު ފާހަގަކުރަމުން ދަނީ ރާއްޖޭގެ 31 ވަަނ ޅެންވެރިންގެ ދުވަހެވެ.

ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ 31 ވަނަ ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ޅެންވެރިންނަށް އަރިސްކުރާ ކަމަށާއި ދިވެހި އަދަބިއްޔާތުގެ މުއްސަނދިކަން ރަމްޒު ކޮށްދޭ އެ މުހިންމު ފަންނު ދިރުވައި އާލާކުރުމަށް މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ރާއްޖޭގެ ޅެންވެރިންގެ ދުވަހުގެ ގޮތުގައެވެ.