ޝެއިޚް އަލީ ޒައިދު

ކޮރަޕްޓް، މުޑުދާރު އެންމެން ބޭރު ކުރުމަށް ރައީސަށް ގޮވާލަން: ޝެއިހް ޒައިދު

1

ކޮރަޕްޓް، މުޑުދާރު އެންމެން ސަރުކާރުން ބޭރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާ ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޖިސް ވަޅުގައި ބާއްވައިގެން ކިތަންމެ ވަރަކަށް ވަޅުދިޔަ ހިއްކިޔަސް އެ ވަޅު ޠާހިރު ވާނެ ކަމަކަށް ނުބުލެވޭ ކަމަށެވެ.

"ކޮރަޕްޓް މުޑުދާރު އެންމެން ބޭރުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ގޮވާލަން. ނަޖިސްތައް ވަޅުގައި ބާއްވައިގެން ކިތަންމެ ވަރަކަށް ވަޅުދިޔަ ހިއްކިޔަސް އެ ވަޅު ޠާހިރު ވާނެ ކަމަކަށް ނުބެލެވޭ. މިފަދަ މީހުންގެ ގެއްލުމުން ގައުމު ސަލާމަތްކުރަން ޖެހޭ. ރައީސަށް އިތުބާރު އެބައޮތް،" ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިފާނުގެ ކެބިނެޓް އެކުލަވާލައްވައިފައެވެ. ނަމަވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް ވެރިންގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އައްޔަންކުރެއްވި ބޭފުޅުން އަދިވެސް އެ މަގާމުތަކުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟