ދީނާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް މުވައްޒަފުން ލައްވާ ކުރަން ނާންގާނެ ކަމުގެ ޔަގީންކަން އާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ދެއްވައިފިއެވެ.
އަލަށް އައްޔަން ކުރެއްވި އިސްލާމިކް މިނިސްޓަރު ވަނީ އެ މިނިސްޓްރީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވާފައެވެ.
އަދި މުވައްޒަފުން ލައްވާ ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވަނީ އެ ބައްދަލުވުމުގެ ތެރޭގައެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޑރ. ޒާހިރު ދަނީ ތަފާތު ގިނަ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އޭނާ މިއަދު ވަނީ ސުޕްރީމް ކައުންސިލް ފޮ އިސްލާމިކް ފަތުވާ އަށް ޒިޔާރާތްކުރައްވާފައެވެ. އެތަނަށް ޒިޔާރާތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާ، ޑރ. ޒާހިރު ވަނީ ބައްދަލުކުރައްވާފައެވެ.