ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އަހުމަދު ނަސީމު އައްޔަން ކުރައްވައިފި

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަޤާމަށް އަހްމަދު ނަސީމް ޢައްޔަން ކުރައްވައި، ފަތްކޮޅު ދެއްވައިފިއެވެ.

އަޙްމަދު ނަސީމަށް މަގާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، އެކަމަށްޓަކައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އަހުމަދު ނަސީމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އޮފީހުގައި މިހާރު ނަސީމާއެކު ޖުމްލަ ތިން މިނިސްޓަރުން ހިމެނެއެވެ. ނަސީމުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ އަލީ ޒާހިރާއި އަލީ ޝިޔާމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟