ޚަބަރު

ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ބައްޔަށް ނެގެޓިވް

އާނިފާ ހުސެއިން ސިރާޖް

ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން އިއުލާންކޮށް، ވެކްސިން ދޭން ފަށާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި އުމުރުން ތިން އަހަރު ކުއްޖަކު ވަނީ އެ ބައްޔަށް ޕޮސިޓިވް ވެފައެވެ. އަދި ހިމަބިހީ ޖެހިފައިވާ އިތުރު މީހަކާއި ބައްޔަށް ޝައްކު ކުރެވޭ 17 އަހަރުގެ ކުޑަ ކުއްޖަކު ފެނިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި 17 އަހަރުގެ އެ ކުއްޖާ ހިމަބިއްސަށް ޝައްކު ކުރެވިގެން އެޑްމިޓްކޮށް އެކަހެރިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެއީ މަތީ ސާނަވީގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާ އިއްޔެ ވެސް ސްކޫލަށް ދިޔަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ނަމަވެސް ހެލްތް މިނިސްޓްރީން މިއަދު ބުނީ ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ ނެގެޓިވް ކަމަށާއި އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަމަށެވެ.