ޚަބަރު

މަސްތުވާތަކެއްޗާއެކު މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލް ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

މަސްތުވާތަކެއްޗާއެކު ނ. މާޅެންދޫ ސުކޫލުގެ ޕްރިންސިޕަލް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު މާޅެންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަސް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އެ މީހާއަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހެއް ކަމަށާއި އެމީހާގެ މައުލޫމާތު ކަމާގުޅޭ އިދާރާއަށް ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަޒީފާ އަދާކުރަމުން ދަނީ ކޮން އިދާރާއެއްގައި ކަމެއް ފުލުހުން ނުބުނެއެވެ.

މާޅެންދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު "ވަން" އަށް ވިދާޅުވީ، މަސްތުވާތަކެއްޗާއެކު އެރަށުން މިއަދު ހައްޔަރުކޮށްފައިވަނީ ރަށު ސުކޫލުގެ ޕްރިންސިޕަލް، ޔޫސުފް އާދަމް ކަމަށެވެ. ނަމަވެސް އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށާއި އެފަދަ މައްސަލައެއްގައި މީގެ ކުރިން އޭނާ ހައްޔަރުކޮށްފައި ވެސް ނުވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.