މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ބަނގުރާ ބޭނުންކޮށް، އޭގެ ވިޔަފާރި ކުރަމުންދިޔަ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 08:50 ހާއިރު މާލޭގެ ރެސްޓޯރެންޓެއްގައި ބަޔަކު ބަނގުރާ ބޭނުންކޮށް ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ ރެސްޓޯރަންޓަށް ފުލުހުން ގޮސް އެ ތިން މީހުން ހައްޔަރުކުރި ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 34 އަދި 50 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ސްރީ ލަންކާ ފިރިހެނެކެވެ. އަދި އަދި އެމީހުން ގެންގުޅުނު ތިން ދަމަސް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާ ފުޅި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް އެމީހުންގެ އަތުން ފެނުނީ ކިތައް ފުޅި ބަނގުރާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.