ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ވެރިކަންކުރާ އެމްޑީޕީން ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ހދ. އަދި ހދ. އަތޮޅަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީން އަތޮޅުތަކަށް ދަތުރުކޮށް ހަރަކާތްތައް ހިންގަނީ އެޕާޓީން ކަމަށާއި ސަރުކާރުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީން އެފަދަ ކަމެއް ކުރާހެން އިދިކޮޅު ފަރާތްތަކަށް ހީވަނީ ކުރީ ސަރުކާރުގެ ވެރިކަމުގައި ޕީޕީއެމުން ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރައްވާފައިވާތީ ކަމަށެވެ.
"ހަސަނަށް ހީވާނެ ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލަނީއޭ. އަޅުގަނޑުމެން މިދަނީ އެކަހަލަ ކަމެއް ކުރާކަށް ނޫން މިދަނީ" އިދިކޮޅަށް މިސާލު ޖައްވަމުން ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު "އެޖެންޑާ 19" ޕްރޮމޯޓް ކުރުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އޮޅުވާލުމަށް ކުރަމުންޑާ މަސައްކަތް ހުއްޓާލުމަށާއި އަދި ސަރުކާރާރުގެ ފައިސާ އާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލައިފައެވެ.