މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އެޑިއުކޭޝަން މިނިސްޓްރީ އަށް 10 ކޮމްޕިއުޓަރު ސިސްޓަމް ހަދިޔާކޮށްފި އެވެ.
އެޑިއުކޭޝަން މިިނިސްޓްރީން މިއަދު ބުނީ، އެމްޕީއެލުން އެ މިނިސްޓްރީއަށް މި ސިސްޓަމްތައް ހަދިޔާ ކޮށްފައިވަނީ 10 ވޯކް ސްޓޭޝަނާއެކު ކަމަށެވެ. މި އެއްޗެއްސާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.
މިނިސްޓްރީން ބުނީ، އެމްޕީއެލް އިން ހަދިޔާކުރި ސިސްޓަމްތައް ހަވާލު ކުރާނީ އެ އެއްޗެހި އެންމެ ބޭނުންވާ ސުކޫލުތަކަށް ކަމަށެވެ.
މިނިސްޓްރީއަށް ސިސްޓަމްތަކާއި ވޯކް ސްޓޭޝަންސް ހަވާލު ކުރުމަށްފަހު އެމްޕީއެލުން ކުރި ޓުވީޓުގައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޓީމާއި އެޑިއުކޭޝަން މިނިސްޓަރު ރާއްޖޭގެ ތައުލީމީ ދާއިރާގައި ކުރައްވާ މަސައްކަތަށް ތައުރީފުކޮށް ޝުކުރު ދަންނަވައިފައެވެ.
ކޮމްޕިއުޓަރު ސިސްޓަމްތައް ހަދިޔާކޮށްފައި ވަނީ ޔޫޕީއެސްއާ ވެސް އެކުގަ އެވެ.