ކޮމަންވެލްތާ އަލުން ގުޅެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ނިންމައިފި އެވެ.
ރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ނިންމާފައި މިވަނީ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުމުގައެވެ.
ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ ރައީސް ސޯލިހުގެ ވެރިކަމުުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ކަނޑައަޅާފައިވާ ކަމެކެވެ.
ކޮމަންވެލްތާ އަލުން ގުޅޭ ނަމަ އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަން ޖެހޭނެ އެވެ.
ކޮމަންވެލްތުގެ އިތުރުން ދިވެހި ސަރުކާރުން ގުޅުން ކަނޑާލާފައިވާ ގަތަރާއި އީރާނާއެކު އަލުން ގުޅުން ގާއިމުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ކުރީން ވިދާޅުވެފައެވެ.
ރާއްޖެ ކޮމަންވެލްތުން ވަކިވީރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. އަދި އެ ޖަމިއްޔާއިން ރާއްޖެ ވަކިވީ އެކި ކަހަލަ ކަންތައްތަކުގައި ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިކުރުވާ ކަމަށް ބުނެއެވެ.
ކޮމަންވެލްތުން ވަކިވުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އަދި ކޮމަންވެލްތުން ރާއްޖޭގެ ކަންކަމާ ބެހި ބޭއިންސާފުން ފިޔަވަޅު އަޅަމުން ދިއުމަކީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ސަބަބު ކަމަށެވެ.