ޚަބަރު

އެމެރިކާގެ ހާރިޖީ ދާއިރާއަށް އެންމެ ރަނގަޅު ހިދުމަތެއް ކޮށްދޭ ފަރާތްތަކެއް ދޭ އެވޯޑް ދިވެއްސަކަށް

މަރިޔަމް ޝަހުދާ

1

އެމެރިކާގެ ހާރިޖިއްޔާއަށް އެންމެ ރަނގަޅު ހިދުމަތް ކޮށްދޭ މުވައްޒަފުންނަށް ދޭ ފޮރިން ސާވިސް ނެޝަނަލް އެވޯޑު ދިވެއްސަކަށް ދީފިއެވެ.

ބިއުރޯ އޮފް ސައުތް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް (އެސްސީއޭ) އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ "ފޮރިން ސާވިސް ނެޝަނަލް އޮފް ދަ އިޔާ" އެވޯޑު ދީފައިވަނީ، ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގައި ޕޮލިޓިކަލް އެންޑް އިކޮނޮމިކް ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ ޝައުފާ ސައީދަށެވެ.

ޝައުފާއަށް މަރުހަބާ ކިޔާ އެސްސީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ޝައުފާއަކީ އެމެރިކާގެ ސަރުކާރުގައި މަސައްކަތްކުރާ ދިވެހި ބަސް އެނގޭ މަދު މީހުން ތެރޭ ހިމެނޭ ފަރާތެއް ކަމަށެވެ. އަދި އެކި ޕްރެސް ކޮންފަރެންސްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުގެ އިތުރުން، ޕޮލިސީ ޑޮކިއުމަންޓުތައް އަދި ސޯޝަލް މީޑިއާގެ ކަންކަން އަވަސް ގޮތެއްގައި ހުލާސާކޮށް، ވެރިންނަށް ކަމުގެ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގައި ޝައުފާ މުހިއްމު ރޯލެއް އަދާކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ޝައުފާގެ ރިޕޯޓު ކުރުންތަކާއި ބަހުގެ ހުނަރުގެ ސަބަބުން ރާއްޖެ އާއި އެމެރިކާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ވެފައިވާ ކަމަށާއި އެ އެވޯޑާއެކު ޝައުފާގެ މަސައްކަތްތައް ބަލައިގެނެ، އެ ޓީމުގައި ޝައުފާ ހިމެނޭތީ އުފާ ކުރާ ކަމަށް ވެސް އެސްސީއޭ އިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ޝައުފާގެ އިތުރުން މިއަހަރު ފޮރިން ސާވިސް ނެޝަނަލް އެވޯޑު ހަ ފަރާތަކަށް ދީފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟