ކ. އަތޮޅުގައި ހިންގާ އެރިޔަދޫ އައިލެންޑް ރިސޯޓްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮތް ފަތުރުވެރިޔަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ އެރިޔަދޫ ރިސޯޓުގެ ކޮޓަރިއެއްގައި 60 އަހަރުގެ ރަޝިއާ ފިރިހެން ފަތުރުވެރިޔަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދު މެންދުރުފަހު 2:22ގައި ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ގޮސްފައިވާ ކަމަށާއި އަދި ހަށިގަނޑު މާލެ ގެނެސް މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.