ޚަބަރު

ފުރުސަތައް އެދުނު ހުރިހާ މެމްބަރުންނަށް ފުރުސަތު ދީ، ބަޖެޓު ބަހުސް ކުރިއަށް ގެންދަނީ

އަހުމަދު ޖައިޝަން

އަންނަ އަހަރަށް ހިނގާނެ ހަރަދުތަކަށް ލަފާކޮށް ހުށަހަޅާފައިިވާ ދައުލަތުގެ ބަޖެޓުގެ ފުރަތަމަ މަރުހަލާގައި ބަހުސްކުރުމަށް އެދުނު ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަޖެޓު ބަހުސް ކުރަން ބޭނުންވާ ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ މިއަދު 1:30ގައި ވޯޓަށް އަހައިގެންނެވެ. އެގޮތަށް މަޖިލިސްގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުލީ 41 މެމްބަރުންގެ ތެރެއިން 40 މެމްބަރުންގެ ވޯޓާއެކުގައެވެ.

އެއާއެކު ފުރުސަތަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު ދީ ބަހުސް ނިމެންދެން މަޖިލިސް ކުރިއަށް ގެންދިޔުމަށް ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ބަޖެޓު ހުށަހަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، އަންނަ އަހަރު 26.7 ބިލިއަން ރުފިޔާ ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.