މާދަމާ ރޭ ހިފާ ހަނދުކޭތައާ ގުޅިގެން ކޭތަ ނަމާދުކުރުން ހޮނިހިރު ދުވަހުގެ މެންދަމު 00:00 ގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މާދަމާ ރޭ ރާއްޖޭގެ ގަޑިން 10:07 އިން ފެށިގެން މެންދަމު 02:12 އާދެމެދު ފުރިހަމަ ހަނދުކޭތައެއް ހިފާއިރު އެ ހަނދުކޭތަ ރާއްޖެއަށް ފެންނާނެއެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ހޮނިހިރު ދުވަހުގެ މެންދަމު 12:10 ގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ހަނދުކޭތަ ހިފުމާ ގުޅިގެން ކޭތަ ނަމާދު ކުރުން އޮންނާނީ ކޮންމެ ރަށެއްގައި ވެސް އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތުގައި ކަމަށެވެ.
އެންމެ ފަހުން ހަނދު ކޭތައެއް ހިފާފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގައެވެ. އަދި މާދަމާ ހިފާ ހަނދުކޭތައަކީ ޕެނަމްބްރަލް (ފަނޑު ހިޔަނި) ކޭތައެކެވެ.