ޚަބަރު

އާއިލާއަށް ފިލައިގެން އުޅުނު ކުޑަކުއްޖަކާއެކު ކާށިދޫއިން ތިން މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޝަހީމް

ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދެ ފުޅިއާއެކު ކ.ކާށިދޫއިން ހަތަރު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކުރީ ކާށިދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯ ކުރުމުގެ ތެރޭގައި ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ. އެގޮތުން އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ 24 އަހަރުގެ ދިވެހި ފިރިހެނެކާއި 30 އަހަރުގެ ސްރީލަންކާގެ ފިރިހެނަކާއި 18 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުއްޖެކެވެ.

އެ ހަތަރު މީހުން ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލައިގައި ހިމެނޭ 17 އަހަރުގެ ކުއްޖާއަކީ އާއިލާއަށް ފިލައިގެން އުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބި، ހޯދަމުންދިޔަ ކުއްޖެއް ކަމަށާއި އެކުއްޖާ މިހާރު އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހިމެނޭ ލަންކާ މީހާ ދިރިއުޅޭ ތަން ބަލައި ފާސްކުރި އިރު، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ.