ޚަބަރު

ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 3ގައި

އާނިފާ ހުސެއިން ސިރާޖް

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ ތިން ވަނަ ދުވަސް ބާއްވަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އަންނަ ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ރިޔާސީ ބަޔާން އިއްވަވާނެ ކަމަށެވެ.

އެހެންކަމުން އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ.

މަޖިލީހުގެ މިދިޔަ ދައުރު ނިންމާލާފައިވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ.