ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖަޒީރާ ޖާފަތުގައި އެތައް ބަޔަކު ބައިވެރިވެއްޖެ

މުހައްމަދު އައުޒަމް

1

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައީސްކަމުގެ ހުވާކުރެއްވުމާ ގުޅިގެން ބޭއްވި ޖަޒީރާ ޖާފަތުގައި އެތައް ބަޔަކު ބައިވެރިވެއްޖެއެވެ.

އާޓިފިޝަލް ބީޗް ކުރިމަތީ ރިންގް ރޯޑްގައި ބޭއްވި މި ޖާފަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހަރަކާތުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސްފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމާ ގުޅިގެން އުފާފާޅުކުރުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ. އެގޮތުން މިއަދު ވަނީ ދުޅަހެޔޮ ހަށިހެޔޮ އީދުގެ ހަރަކާތްތައް ވެސް ބާއްވަން ފަށައިފައެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުޅަހެޔޮ ހަށިހެޔޮ އީދެގެ ހާއްސަ ފުޓްބޯޅަ މެޗު ހޯމަ ދުވަހުގެ ރޭ ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިމެޗުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ ޓީމު ވާދަކުރައްވާނެއެވެ. މި ދެޓީމުގައި ހިމެނެނީ ކޯލިޝަންގެ އިސް ބޭފުޅުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟