ޚަބަރު

ކުރިމިނަލް ކޯޓުގެ ޝަރީއަތްކުރާ ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ބަދަލުކޮށްފި

މަރިޔަމް ޝަހުދާ

ކުރިމިނަލް ކޯޓުގެ ޝަރީއަތްކުރާ ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ބަދަލުކޮށްފިއެވެ.

އެ ކޯޓުން މިއަދު އާންމުކުރި ގޮތުގައި އެ ކޯޓުގެ ޝަރީއަތްކުރާ ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ބަދަލުކުރީ އެ އަކުރުތައް ދެވިފައިވަނީ ވަކި ތަރުތީބެއް ނެތި ކަމަށް ވާތީ ކަމަށެވެ. އަދި ޝަރީއަތްކުރާ ސެކްޝަންތަކަށް ދީފައިވާ އަކުރުތައް ބަދަލުކުރީ އެހެން ކޯތުތަކުގައި އެކަން އޮންނަ ގޮތައް ބަދަލު ކުރުމަށް ކަމަށް ވެސް އެ ކޯޓުން ބުނެއެވެ.

އެގޮތުން މިހާރު އެކޯޓުގެ އިދާރީ ސެކްޝަނަށް A، ޝަރީއަތްކުރާ ސެކްޝަންތަކަށް B އަދި ފައިސާއާ ގުޅޭ ސެކްޝަނަށް C ވަނީ ދީފައެވެ. އަދި އެކި ގާޒީންނަށް ކުރިން ތަރުތީބެއް ނެތި ދެވިފައިވާ އަކުރުތައް ތަރުތީބު ކުރެވި، އެކަން ބަދަލު ކުރެވިފައިވާ ކަމަށް ވެސް ކުރިމިނަލް ކޯޓުން ހާމަ ކޮށްފައިވެއެވެ.

  • ކުރިމިނަލް ކޯޓުގެ ޝަރީއަތްކުރާ ސެކްޝަންތަކަށް ގެނެވުނު ބަދަލުތައް:
  • ގާޒީ އަހުމަދު ޝަކީލް ގެ ސެކްޝަން F އިން B1 އަށް
  • ގާޒީ އަލީ ރަޝީދު ހުސައިންގެ ސެކްޝަން D އިން B2 އަށް
  • ގާޒީ ހަސަން ސައީދު ގެ ސެންޝަން I އިން B3 އަށް
  • ގާޒީ އިބްރާހީމް އަލީ ގެ ސެކްޝަން G އިން B4 އަށް
  • ގާޒީ އަލީ އާދަމް ގެ ސެކްޝަން K އިން B5 އަށް
  • ގާޒީ މުހައްމަދު ސަމީރު ގެ ސެކްޝަން E އިން B6 އަށް
  • ގާއީ ހުސައިން ފާޒިރު ރަޝާދު ގެ ސެކްޝަން H އިން B7 އަށް
  • ގާޒީ ހަސަން ނަޖީބުގެ ސެކްޝަން B އިން B8 އަށް
  • ގާޒީ އިސްމާއީލް ރަޝީދު ގެ ސެކްޝަން M އިން B9 އަށް، އަދި
  • N ސެކްޝަން B10 އަށެވެ.