ޚަބަރު

ބުރިޖުގައި ދެ ސައިކަލެއް އެކްސިޑެންޓުވެ، މީހެއްގެ އަތް ބިންދައިގެން ހިނގައްޖެ

ސިނަމާލެ ބުރިޖުގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ އަތް ބިންދައިގެން ހިނގައްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 8:30 އެހާކަންހާއިރު އެ އެކްސިޑެންޓު ހިނގީ ހުޅުމާލެއަށް ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބުރިޖުގެ އެއް ފަރާތުގައި އެއް ސައިކަލު މަޑުކޮށްލި ވަގުތު ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓުގައި ބުރިޖުގެ އެއް ފަރާތުގައި މަޑުކޮށްގެން އިން ސައިކަލު ދުއްވަން އިނީ 29 އަހަރުގެ ފިރިހެނެކެވެ. އަދި އެ ސައިކަލުގައި ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިނީ 34 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި 34 އަހަރުގެ އަންހެން މީހާގެ އެއް އަތް ބިންދައިގެން ގޮސްފައިވާތީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެކްސިޑެންޓުގައި ފިރިހެން މީހާއަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންގެ އަތުގައިވެސް ލައިސެންސް އޮންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން މިހާރުދާ ކަމަށް މައުލޫމާތުދެއެވެ.