މިނިސްޓަރު ފައްޔާޒް އިސްމާއިލް

ފަރުތަކަށް ގެންލުންވާ ސަން ސްކްރީން ރާއްޖޭގައި މަނާކުރުމުގެ ވިސްނުން ގެންގުޅެން: މިނިސްޓަރު ފައްޔާޒް

މަރިޔަމް ޝަހުދާ

ފަރުތަކަށް ގެންލުންވާ ސަން ސްކްރީން ރާއްޖޭގައި މަނާކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ފަރުތަކަށް ނުރައްކާވާ ސަން ސްކްރީން ޕަލާއުގައި މަނާ ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ވީހާވެސް އަވަހަކަށް ރާއްޖޭގައި މިކަން ކުރައްވާނެ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ޕަލާއު އަކީ މުޅި ދުނިޔޭގައިވެސް މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ. އެގޮތުން ކަނޑުގެ ދިރުންތަކާއި ފަރުތަކަށް ގެއްލުންވާ ސަން ސްކްރީން ބޭނުން ކުރުން އެގައުމުން މަނާކޮށްފައި ވަނީ އިއްޔެއެވެ.

ޕަލާއު އިން ވަނީ 10 ކެމިކަލެއް ހިމެނޭ ސަން ސްކްރީނެއް ބޭނުންކުރުން މަނާކޮށްފައެވެ. އަދި އެތަނުން އެއްވެސް ކެމިކަލެއް ހިމެނޭ ސަން ސްކްރީނެއް އެގައުމަށް އެތެރެކޮށް ވިއްކާ ކޮންމެ މީހެއް 1000 ޑޮލަރުން ޖޫރިމަނާ ކުރުމަށް އެގައުމުން ނިންމާފައިވާކަމަށް ސީއެންއެންގައި ރިޕޯޓު ކޮށްފައިވެއެވެ.

ޕަލާއު އިން ފަރުތަކަށް ގެއްލުންވާ ސަން ސްކްރީން އެތެރެކުރުން މަނާކޮށްފައިވާ އިރު، އެމެރިކާގެ ހަވާއި އިން އަންނަނީ މުރަކަ ތަކައް ގެއްލުންވާ ބާވަތްތައް ހުންނަ ސަން ސްކްރީން އެ ސްޓޭޓައް އެތެރެ ކުރުން މަނާ ކުރުމަށް ތައްޔާރުވަމުންނެވެ.