ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ، ރައީސް އެކުލަވާލައްވައިފި

ސިޔާސީ މަގުސަދެއްގައި ޖިނާއީ ތުހުމަތެއް ކޮށް، ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ"، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވައިފިއެވެ.

ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު އެ މަސައްކަތްޕުޅު ފެއްޓެވުމުގެ ގޮތުން، ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ އެކުލަވާލައްވާފައިވަނީ މިއަދުއެވެ.

ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲއާއި ބަންޑާރަނައިބު އިބްރާހިމް ރިފްއަތުއާއެކު އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނަރު އޮފް ޕޮލިސް އަދި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓެވެ.

އެ ކޮމިޝަންގެ އިތުރުން މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ވެސް ރައީސް ވަނީ ކޮމިޝަނަށް އުފައްދަވައިފައެވެ. އެ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދެވެ.