ށ. ފުނަދޫގައި ބަނގުރާ ބޮއެގެން މަސްތުވެގެން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ރޭ 10:22 ހާއިރު ފުނަދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކުރިއެވެ.
އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ ބަނގުރާ ބޯން ތިބިކަމުގެ ތުހުމަތުގައި ފުނަދޫ އުތުރުކޮޅު ވަލުތެރެއިންނެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ ވަލު ސަރަހައްދު ބީޗުން މަސްތުވެގެން ތިއްބާއެވެ.
އެ އޮޕަރޭޝަންގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ފަސް ލީޑަރުގެ ފުޅިއަކާއި 500 އެމްއެލްގެ ތިން ފުޅި އާއި ބަނގުރާ އެއް ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.