ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ށ. ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮަޕަރޭޝަނެއްގައި ޅައިމަގުން ހައްޔަރުކުރީ 18 އަހަރާއި 33 އަހަރު އަދި 29 އަހަރުގެ ތިން މީހުން ކަމަށެވެ.
ދިވެހި އެ ތިން ފިރިހެނުން ހައްޔަރުކޮށް ކުޑަކަމުދާ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ރޭގެ އޮޕަރޭޝަންގައި ފުޅާ ދާއިރާއެއްގައި ޑުރަގު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފަސް ގެއެއް ވެސް ފުލުހުން ބަލައި ފާސްކުރިއެވެ.
އެގޮތުން އެގެތަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި އަދި ވިޔަފާރިކުރުމަށްޓަކައި ބޭނުންކުރާ ޒާތުގެ 171 ސެލޯފޭން ކޮޅާއި 30 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.