ޚަބަރު

ހަ އަހަރަށްފަހު މޮންދު ވީމީޑިއާއާ ދުރަށް

ހަ އަހަރަށްފަހު މުހައްމަދު އާސިފް (މޮންދު) ވީމީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއޯއޯ)ގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ދައުލަތުގެ މީޑިއާއަށް 23 އަހަރު ހިދުމަތްކުރެއްވުމަށްފަހު ވީމީޑިއާގެ ސީއޯއޯގެ މަގާމާ މުންދު ހަވާލުވެވަޑައިގެންނެވީ 2013 ވަނަ އަހަރުއެވެ.

ވީމީޑިއާގެ މުވައްޒަފުންނާ މުހާތަބުކޮށް މޮންދު ވިދާޅުވީ އޭނާ ވީމީޑިއާއާ ދުރަށް ދިއުމަށް ނިންމީ އަމިއްލަ ސަބަބުތަކަކާ ގުޅިގެން ކަމަށާއި އެއީ ވީމީޑިއާއާ މެދު ހިތްހަމަނުޖެހުމެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ބްރޭކެއް ނަގާފައި އަޅުގަނޑު އެންމެ ކުރާ ހިތްވާ ކަންތައް ކަމަށްވާ ކޮންޓެންޓް އުފެއްދުމުގައި ދެމިހުރެވޭތޯ ބަލާނަން. އޭގެ ފައިދާ މިތަނަށް ވެސް ކުރާ ގޮތަކަށް އަޅުގަނޑު އިރާކުރެއްވިއްޔާ އެ މަސައްކަތް ކޮށްދޭނަން. އެއްވެސް މުވައްޒަފަކަށް ދެރަގޮތެއް ވުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މޮންދު ވަނީ ވީމީޑިއާގެ ސީއޯއޯގެ މަގާމުގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ސީއޯއޯގެ މަގާމާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.