ޚަބަރު

ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމު ވިދާޅުވީ، ރައީސް މައުމޫން އައިޖީއެމްއެޗްގައި މިއަދު އެޑްމިޓް ކުރައްވާފައިވަނީ އާލާސްކަންފުޅާ އުޅުއްވާތާ ފަސް ވަރަކަށް ދުވަސް ދިއުމުންނެވެ.

އެގޮތުން މިއަދު އެޑްމިޓް ކުރެއްވީ ރޯގާ ދިގުލައިގެންދާތީ ޓެސްޓުތަކެއް ހެއްދެވުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވެސް ވަޑައިގެން ފަރުވާ ހޯއްދަވައެވެ.

ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަސް އިއްޔެ ފާހަގަކޮށްފައި ވަނިކޮށެވެ.