ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ޕްރައިވެޓް ޖެޓެއް މިއަދު ޖައްސައިފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް އަދި ކޫއްޑޫ އެއާޕޯޓުގެ ސީއީއޯ މުހައްމަދު އަލީ ޖަނާޙް ވިދާޅުވީ އެ އެއާޕޯޓަށް ފުރަތަމަ ޖެއްސި ޕުރައިވެޓު ޖެޓު ޖައްސާފައިވަނީ މިއަދު މެންދުރުފަހު 1:20 ގައި ކަަމަށެވެ.
ޖަނާހު ވިދާޅުވީ ކޫއްޑޫ އެއާޕޯޓަށް ޕްރައިވެޓް ޖެޓު ޖެއްސުމުގެ ހުރިހާ ފެސިލިޓީއާއި އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ޕްރައިވެޓް ޖެޓު ޖެއްސުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި މިހާރުވެސް އާ އަހަރާ އެކީ އިތުރު ޖެޓުތައް އަންނަން ބުކް ކޮށްފައިވާ ކަމަށް ޖަނާހު ވިދާޅުވިއެވެ. ކުރިއަށްއޮތް ތަނުގައި އެއާޕޯޓަށް އިތުރު ތަރައްގީތައް އަންނަމުންދާނެ ކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.
ކޫއްޑޫ އެއާޕޯޓު ހުޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި 2012 ވަނަ އަހަރުއެވެ.