މިދިޔަ ބުދަ އަދި ހުކުރު ދުވަހު ގދ.ފަރެސްމާތޮޑާގައި ހިންގި ގުރޫޕު މާރާމާރީތަކަކާ ގުޅިގެން ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މާރާމާރީތައް ހިންގާފައިވަނީ އެރަށު މާތޮޑާ އާއި ފަރެސް އަވަށަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މެދުގައި ކަަމަށެވެ. މި މާރާމާރީތަކުގައި ތިން މީހަކަަށް އެކިވަރުގެ އަނިޔާވެގެން އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާރާމާރިތަކާ ގުޅިގެން 18 އަހަރާއި، 19 އަހަރުގެ އިތުރުން 20 އަހަރުގެ ދިވެހި ތިން ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ތިިން މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ގެންދިއުމުން ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ އެރަށުގައި ސިލްސިލާކޮށް ހިންގަމުންދާ މާރާމާރީތަކެއް ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަތައް ތަހުގީގުކުރަމުންނެވެ.