ޚަބަރު

ހަ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ހަ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެ ހަރަށަކީ، އދ. ދިއްދޫ އާއި ރ. ރަސްގެތީމާއި ށ. ފޭދޫ އާއި ކ. ހިންމަފުއްޓާއި ށ. ފޯކައިދޫ އަދި އދ. ހަންޏާމީދޫ އެވެ.

މި ހަ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކުރީ އިއްޔެ ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ.

މީގެ ތެރެއިން ދެރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ އދ. ދިއްދޫ ބަނދަރު ހެދުމުގެ މަޝްރޫއާއި ރ. ރަސްގެތީމު ބަނދަރުގެ އިތުރުން ޖެޓީ ހެދުމުގެ މަޝްރޫއެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާއެވެ. ހެވީ ފޮސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޒަމީރު އެވެ.

އަނެއް ހަތަރު ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެ ރަށްތަކަކީ ށ.ފޭދޫ، ކ.ހިންމަފުށި، ށ.ފޯކައިދޫ އަދި އދ. ހަންޏާމީދޫ އެވެ. މި ރަށްތަކުގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސީއޯއޯ ޝާހިދު ހުސެން މޫސާ އެވެ.

ބަނދަރު ހެދުމަށް ހަވާލުކުރި ރަށްތަކުގެ އެއްބަސްވުމުގެ ތަފްސީލު:

އދ. ދިއްދޫ ބަނދަރު:

ކޮންޓްރެކްޓުގެ އަގު 21،965،238.75

ކޮންޓްރެކްޓުގެ މުއްދަތު 300 ދުވަސް

ށ. ފޭދޫ ބަނދަރު:

ކޮންޓްރެކްޓުގެ އަގު 33،144،965.10

ކޮންޓްރެކްޓުގެ މުއްދަތު 480 ދުވަސް

ކ. ހިންމަފުށި ބަނދަރު:

ކޮންޓްރެކްޓުގެ އަގު 24،602،989.02

ކޮންޓްރެކްޓުގެ މުއްދަތު 365 ދުވަސް

ށ.ފޯކައިދޫ:

ކޮންޓްރެކްޓުގެ އަގު 55،974،940.88

ކޮންޓްރެކްޓުގެ މުއްދަތު 500 ދުވަސް

ރ.ރަސްގެތީމު ބަނދަރު އަދި ޖެޓީ:

ކޮންޓްރެކްޓުގެ އަގު 50،000،095.25

ކޮންޓްރެކްޓުގެ މުއްދަތު 420 ދުވަސް

އދ.ހަންޏާމީދޫ:

ކޮންޓްރެކްޓުގެ އަގު 32،280،570.61

ކޮންޓްރެކްޓުގެ މުއްދަތު 300 ދުވަސް