ޕާސްޓްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރު ނެރުނު ދެ ބިދޭސީއެއް ފުރުވާލި މައްސަލައެއް ބެލުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ނެޝަނަލް އިންޓަގްރޭޝަން ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، ބަންގުލަދޭޝްގެ އެ ދެ މީހުންނަކީ ކުރިމިނަލް ކޯޓުގައި އޮތް މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައެއްގައި ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ދެ މީހުން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ޕީޖީއަކުން ނުދެއެވެ.
އެ މައްސަލައާ ގުޅިގެން ޕީޖީ ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމުގައި ހަަމައަކަށް އެޅެންޖެހޭ މުހިންމު ބައެއް ކަންކަން އެބަހުރި ކަމަށެވެ.