ޚަބަރު

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ބިދޭސީއަކު ފިހިއްޖެ

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ބިދޭސީއަކު ފިހިއްޖެއެވެ.

ފުލުހުން ބުނީ، މިއަދު 11:45 އެހާކަންހާއިރު ރިޕޯޓުކުރި އެ ހާދިސާގައި ފިހުނު ބިދޭސީ މީހާ ފަރުވާއަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ފިހުނު މީހާއަށް ލިބުނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް އަދި ނޭނގެއެވެ.

އެމްއެންޑީއެފް އިން ބުނީ، އެހާދިސާގައި ލޯންޗުގެ މަތި ވަނީ އަނދައިފައެވެ. އަދި ފަޅުގައި އޮތް އިތުރު އުޅަނދަކަށް އަލިފާންގެ އަސަރު ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.