ޚަބަރު

މެލޭޝިއާގައި މަރުވި ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

މެލޭޝިއާގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ދިރިއުޅޭ ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ގ. މިއަލަނިއާގެ، މުހައްމަދު ޝިނާން ޔޫސުފްއެވެ. އޭނާގެ އުމުރަކީ 44 އަހަރެވެ.

ނަމަވެސް އޭނާ މަރުވީ ކިހިނެތް ކަމެއް އަދި އެމަރުގެ ތަފްސީލުތަކެއް ކަމާބެހޭ އިދާރާތަކުން ހާމައެއް ނުކުރެއެވެ.

ޝިނާންގެ ހަށިގަނޑު މިހާރު ރާއްޖެ ގެނެސްފައިވާއިރު، އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ އިޝާ ނަމާދަށްފަހުގައި އާސަހަރާ މިސްކިތުގައެވެ.