ކ. މާފުށީގައި ގިނަ އަދަދަކަަށް ބަނގުރާ ގެންގުޅެމުން އައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 19:20 ހާއިރު މާފުށީ ޕޮލިހުން ރަށުތެރޭގައި ޕެޓްރޯލް ކުރަމުން ދަނިކޮށް، ބަނދަރުމަތީ ހުރި ބިދޭސީއަކަށް ތުހުމަތު ކުރެވުނު ކަމަށެވެ. އަދި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު ހަތް ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށް، ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެގެއިން 203 ބިޔަރު ފުޅިއާއި 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.