ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ހުޅުމާލޭ ބޮކަރުމާ ހިނގުމުގައި މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނީ ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ހަމަލާގައި ޒަހަމުވެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ 33 އަހަރުގެ ތުރުކީގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް ހަމަލާދީފައިވަނީ އޭނާ އަތުން ފޭރުމަށް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ބިދޭސީ މީހާގެ ވައަތް ފަރާތު މެޔަށާއި، ކޮލަށާއި، ކޮނޑު މައްޗަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.