މިރޭގެ ވަގުތެއްގައި ބީއެމްއެލްގެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫއަރައިފާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން މިރޭ ކުރި ޓުވީޓެއްގައި ބުނީ ބައެއް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން ބޭނުންކުރުމުގައި މިރޭގެ 1:00 އިން 3:00 އަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށެވެ.
ބީއެމްއެލުން ބުނީ އެވަގުތު އިންޓަނެޓް ބޭންކިންއަށް ބުރޫއަރަނީ، މެއިންޓެނެސްގެ މަސައްކަތެއް ކުރުމަށް ހަމަޖައްސާފައި ވާތީ ކަމަށެވެ. އަދި އެ ގަޑީގައި މެއިންޓެނެސްގެ މަސައްކަތް ކުރަން ހަމަޖެއްސީ ކަސްޓަމަރުންނަށް ދިމާވާ ދަތިތައް މަދުކުރުމަށް ކަމަށާއި ދިމާވާ އެންމެހާ ދަތިތަކަށް މާފަށް އެދޭކަމަށް ބީއެމްއެލުން ބުންޏެވެ.
ރޭގެ ވަގުތެއްގައި ވެސް ވަނީ ބީއެމްއެލްގެ އިންޓަނެޓް ބޭންކިންއަށް ބުރޫއަރައި ބޭނުން ނުކުރެވޭގޮތް ވެފައެވެ.