ހުޅުމާލޭގައި ހުންނަ ޔޫރޯ ސްޓޯރު ފިހާރައިގެ ގުދަނެއް ފަޅާލައި ވައްކަންކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ އަހިގަސް މަގުގައި ހުންނަ ޔޫރޯ ސްޓޯރު ފިހާރައިގެ ގުދަން ފަޅާލައިގެން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ގުދަނުން ގިނަ އަދަދެއްގެ ރެޑްބުލް އާއި ސިނގިރޭޓު ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު ކޭސް ރެޑްބުލް ފުލުހުން ހޯދާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.