ސިނަމާލެ ބުރިޖުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ބޭނުންކުރަން ފަށައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިނަމާލެ ބުރިޖާއި ހައިވޭގައި މިހާރު ސީސީޓީވީ ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އަދި ވެހިކަލްތަކުގެ ސްޕީޑާއި، ނަމްބަރު ޕްލޭޓް އޮޓޮމެޓިކުކޮށް ދެނެގަނެވޭފަދަ ކެމެރާތަކެއް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ބްރިޖާއި ހައިވޭގައި ސްޕީޑް ދެނެގަނެވޭ ކަހަލަ ކެމެރާ ހަރުކުރާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފައެއެވެ.
އެގޮތުން، ފުލުހުންނާ ގުޅިގެން ބްރިޖާއި ހައިވޭގައި ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އަންނަ އަހަރު އެ ކެމެރާތައް ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.