ޚަބަރު

ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާ ގުޅޭގޮތުން ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

އާނިފާ ހުސެއިން ސިރާޖް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކާ ގުޅޭގޮތުން ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ، ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކާ ގުޅޭގޮތުން އެއްވެސް ހިޔާލެއް އޮތްނަމަ އަންނަ އާދިއްތަ ދުވަހުގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް އަކުން ([email protected] ) ނުވަތަ އެ ކޮމިޝަންގެ ޓުވިޓާ އަދި ފޭސްބުކަށް ހިޔާލު ހުށަހަޅުއްވުމަށް އެދޭކަމަށެވެ.

  • އެގޮތުން މާލެ ސިޓީގެ ދާއިރާތައް ޖުމްލަ 18 ބަޔަކަށް ބަހާފައިވެއެވެ. އެދާއިރާ ތަކަކީ:
  • މާލެ ސިޓީ 1: ހުޅުމާލެ ދާއިރާ
  • މާލެ ސިޓީ 2: ހެންވޭރު އުތުރު ދާއިރާ
  • މާލެ ސިޓީ 3: މެދު ހެންވޭރު ދާއިރާ
  • މާލެ ސިޓީ 4: ހެންވޭރު ދެކުނު ދާއިރާ
  • މާލެ ސިޓީ 5: ހެންވޭރު ހުޅަނގު ދާއިރާ
  • މާލެ ސިޓީ 6: ގަލޮޅު އުތުރު ދާއިރާ
  • މާލެ ސިޓީ 7: ގަލޮޅު މެދު ދާއިރާ
  • މާލެ ސިޓީ 8: ގަލޮޅު ދެކުނު ދައިރާ
  • މާލެ ސިޓީ 9: ގަލޮޅު ހުޅަންގު ދާއިރާ
  • މާލެ ސިޓީ 10: މައްޗަންގޮޅި އުތުރު ދާއިރާ
  • މާލެ ސިޓީ 11: މައްޗަންގޮޅި މެދު ދާއިރާ
  • މާލެ ސިޓީ 12: މައްޗަންގޮޅި ދެކުނު ދާއިރާ
  • މާލެ ސިޓީ 13: މާފަންނު މެދު ދާއިރާ
  • މާލެ ސިޓީ 14: މާފަންނު އުތުރު ދާއިރާ
  • މާލެ ސިޓީ 15: މާފަންނު ހުޅަނގު އުތުރު ދާއިރާ
  • މާލެ ސިޓީ 16: މާފަންނު ހުޅަނގު ދާއިރާ
  • މާލެ ސިޓީ 17: މާފަންނު ދެކުނު ދާއިރާ
  • މާލެ ސިޓީ 18: ވިލިމާލެ ދާއިރާ
  • އައްޑޫ ސިިޓީގެ ދާއިރާތައް ޖުމްލަ 12 ބަޔަކަށް ބަހާފައިވެއެވެ. އެދާއިރާ ތަކަކީ:
  • އައްޑޫ ސިިޓީ 1: ހިތަދޫ އޮޑައްސައު ދާއިރާ
  • އައްޑޫ ސިިޓީ 2: ހިތަދޫ ކޮރޮވަލު ދާއިރާ
  • އައްޑޫ ސިިޓީ 3: ހިތަދޫ ބޭރުމަތި ދާއިރާ
  • އައްޑޫ ސިިޓީ 4: ހިތަދޫ މެދުވަލު ދާއިރާ
  • އައްޑޫ ސިިޓީ 5: ހިތަދޫ ރަސްގެދަރު ދާއިރާ
  • އައްޑޫ ސިިޓީ 6: ހިތަދޫ މާމެންދޫ ދާއިރާ
  • އައްޑޫ ސިިޓީ 7: މަރަދޫ ދާއިރާ
  • އައްޑޫ ސިިޓީ 8: މަރަދޫފޭދޫ ދާއިރާ
  • އައްޑޫ ސިިޓީ 9: ފޭދޫ އުތުރު
  • އައްޑޫ ސިިޓީ 10: ފޭދޫ ދެކުނު
  • އައްޑޫ ސިިޓީ 11: ހުޅުދޫ ދާއިރާ
  • އައްޑޫ ސިިޓީ 12: މީދޫ ދާއިރާ
  • ފުވައްމުލަކު ސިިޓީގެ ދާއިރާތައް ޖުމްލަ ހަ ބަޔަކަށް ބަހާފައިވެއެވެ. އެދާއިރާ ތަކަކީ:
  • ފުވައްމުލަކު ސިިޓީ 1: ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ
  • ފުވައްމުލަކު ސިިޓީ 2: ފުވައްމުލަކު އިރު އުތުރު ދާއިރާ
  • ފުވައްމުލަކު ސިިޓީ 3: ފުވައްމުލަކު މެދު އުތުރު ދާއިރާ
  • ފުވައްމުލަކު ސިިޓީ 4: ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާ
  • ފުވައްމުލަކު ސިިޓީ 5: ފުވައްމުލަކު މެދު ދެކުނު ދާއިރާ
  • ފުވައްމުލަކު ސިިޓީ 6: ފުވައްމުލަކު އިރު ދެކުނު ދާއިރާ

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލުތަކުން އަންހެން މެމްބަރުން އިންތިހާބު ކުރަން ޖެހޭނެ ދާއިރާތައް ގުރުއަތުން އީސީން އިއްޔެ ވަނީ ހޮވައި، އެ ދާއިރާތައް އާންމުކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށު ކައުންސިލަރުންގެ ގޮތުގައި 923 މީހުން އިންތިހާބުކުރާއިރު ސިޓީ ކައުންސިލަރުންގެ ގޮތުގައި 39 މީހުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކޮށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ވަނީ މިމަހު ފަސްވަނަ ދުވަހު ފާސްކޮށްފައެވެ.