ޚަބަރު

އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމިއްޔާތަށް ރައީސް ވިލުފުއްޓަށް

އިބްރާހިމް ޒަކީ

ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމިއްޔާތަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތ.އަތޮޅު ވިލުފުއްޓަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ވިލުފުއްޓަށް ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމިއްޔާތާ ގުޅިގެން ވިލުފުށީގައި ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ރާވައިފައެވެ.

އެގޮތުން މިއަދު ހެނދުނު ވަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ވިލުފުށީ ބޮޑު ދިދަ ސަރަހައްދުގައި ބާއްވައިފައެވެ.

އަދި މިއަދު މެންދުރު ރައީސުލް ޖުމްހޫރިއްޔާ ވަނީ ސުނާމީ ބިނާ ހުޅުއްވައި ދެއްވައިފައެވެ.

މީގެ އިތުރުން ވިލުފުށީ ސްކޫލްގައި މިއަދު މެންދުރު ރައްޔިތުންގެ ބޮޑު ޖާފަތް އޮންނާނެ އެވެ.

ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މިއަދު 2:00ގަ އެވެ.

މީގެ އިތުރުން އެއްބައިވަންތަ ކަމުގެ ދުވަހުގެ އަތުގުޅައި ލުމެއް މިއަދު ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ވާއްވާ ކުޑަކުދިންގެ ހަވީރު މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.