ޚަބަރު

ޕާމް ބީޗް ރިސޯޓުގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޕާމް ބީޗް އައިލެންޑް ރިސޯޓުގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ޕާމް ބީޗް ރިސޯޓުގައި ހިކިފަން ރައްކާކޮށްފައި ހުރި ގުދަނެއްގައި ރޯވެގެން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 10:54ގައި ކަމަށެވެ.

ގުދަނުގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އަލިފާން ނިއްވާލާފައިވަނީ އެ ރިސޯޓުގެ މުވައްޒަފުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ ރޯވި ގުދަނަކީ ޓިނުން ހިޔާކޮށްފައި ހުންނަ ހިކި ފަން ރައްކާކުރުމަށް ބޭނުންކުރާ ގުދަނެއް ކަމަށާއި ގުދަނުގެ ދެބައިކުޅަ އެއްބައި އެއްކޮށް އަނދާފައިވާ ކަމަށެވެ.