ޚަބަރު

އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ

1

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމު ވިދާޅުވެއްޖެއެވެ.

އަހުމަދު ހަލީމު ކުރެއްވި ޓުވީޓެއްގައި ވަނީ، އިސްލާމިކް މިނިސްޓަރުގެ ޒިންމާ އަދާކުރުމަށް އޭނާ ފެއިލްވެފައިވާތީ، އެ މަގާމުން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ.

"އިސްލާމިކް މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލަން. އަދި އިސްތިއުފާ ނުދީފި ކަމަށްވަންޏާ އިތުބާރު ނެތްކަމު ވޯޓު ނަގަން މަޖިލިސް ހުޅުވުނީމަ ވައްދާނަން. އަޅުގަނޑު އިސްކޮށް މިކަމުގައި ހަރަކާތްތެރިވާނަން،" ހަލީމު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޑރ. ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އަހުމަދު ހަލީމު ނިންމެވިއިރު، އޭނާވަނީ، ޑރ. ޒާހިރަކީ ޖަމިއްޔަތުއްސަލަފުގެ ބޭފުޅުންނާ ގުޅިގެން ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފަތުރަން އެންމެ ބޮޑަށް މަސައްކަތްކުރާ ބޭފުޅާކަމަށް ތުހުމަތު ކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟