އަލަށް އައްޔަން ކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް، ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ބްރިޓިޝް ސަފީރު މަރުހަބާ ދަންނަވައިފި އެވެ.
ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޖޭމްސް ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ޝާހިދާއެކު ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ފަރާތުން ގުޅިގެން އެއް ލަނޑުދަނޑިއަކަށް ވާސިލުވެ މައްސަލަތަކަށް ހައްލު ހޯދުމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.