ވެމްކޯގެ ހުރިހާ ހިދުމަތެއް މިހާރު އައްޑޫ ސިޓީން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގޭބިސީތަކުން ކުނި ނެގުމާއި، ކެފޭ އަދި ވިޔަފާރިތަކަށް ހާއްސަ ކުނި ނެގުމުގެ ހިދުމަތުގެ އިތުރުން ބޮޑެތި ކުނި އުކާލުމަށް ވެމްކޯގެ ކެޕްސް ހިދުމަތްވެސް މިހާރު އައްޑޫން ލިބޭނެ އެވެ. އަދި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް ރެޖިސްޓްރީ ކުރުމަށް ވެމްކޯއިން އެދެއެވެ.
އައްޑޫން ވެމްކޯގެ ހިދުމަތްތައް ހޯދަން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ޖެހެނީ އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ ވެމްކޯ ސައުތު އޮފީހުންނެވެ. 1666 އަށް ގުޅައިގެން އިތުރު މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވެމްކޯ އިން ބުނެއެވެ.
ވެމްކޯގެ ހިދުމަތް އެންމެ ފުރަތަމަ އައްޑޫ ސިޓީއަށް ތައާރަފުކުރީ 2017 ވަނަ އަހަރުއެވެ. އެގޮތުން އައްޑޫ ސިޓީގެ ކުނި މެނޭޖު ކުރުމާއި ހަވާލުވެ އެ ކުންފުނިން ވަނީ އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތް ފަށާފައެވެ.