އާ އަހަރާއި ގުޅިގެން ޑިސެމްބަރު 31 އިން ޖެނުއަރީ ހަތަރަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހުރިހާ ބްރާންޗެއް ބަންދު ވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ 31 ޑިސެމްބަރުން ފެށިގެން އެ ބޭންކުގެ ހުރިހާ ބްރާންޗެއް ބަންދުވި ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ ފަހަކުން ފެށިގެން އެ ބޭންކުގެ ހުރިހާ ބްރާންޗަކުން ހިދުމަތް ދޭނެ ކަމަށެވެ.
މިދުވަސް ތަކުގައިވެސް އިންޓަނެޓް/މޯބައިލް ބޭންކިންގް އަދި އޭޓިއެމްގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ބީއެމްއެލްގެ 24/7 ކޮންޓެކްޓް ސެންޓަރުން މިދުވަސްތަކުގައި ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ހޯއްދަވަން ބޭނުންވާ ފަރާތްތަކަށް 3330200، މި ނަމްބަރުން ހިދުމަތް ލިބޭނެއެވެ.