ރަންވޭ މަރާމާތު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަގުތީގޮތުން ބަންދުކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
އެއާޕޯޓުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ އެއާޕޯޓު ބަންދުކުރީ ރަންވޭއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި ނަމަވެސް މިހާރު އެއާޕޯޓު އަލުން ހުޅުވާފައިވާ ކަމަށެވެ.
ވެލާނާ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން ގިނަ ފުލައިޓުތަކެއް ޑިލޭވެ، ޑައިވާޓު ކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވެލާނާ އެއާޕޯޓު ބަންދުކުރުމުގެ ސަބަބުން ކުރިއަށް ޝެޑިއުލް ކޮށްފައިވާ ފުލައިޓުތަކަށް ޑިލޭ އަތުވެދާނެ ކަމަށާއި މިކަމަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.