ޚަބަރު

ދެ އަހަރު ކުރިން ގެއްލިގެން ހުށަހެޅި ސައިކަލެއް ހޯދައިފި

މީގެ ދެ އަހަރު ކުރިން ގެއްލިގެން ފުލުހުންނަށް ހުށަހެޅި ސައިކަލެއް ހޯދައިފިއެވެ.

ހޮންޑާ ބުރޭންޑުގެ ވޭވް އެސް 125ގެ އެ ސައިކަލަކީ 2017 ވަނަ އަހަރު ގެއްލިގެން ހުށަހަޅާފައިވާ ސައިކަލެކެވެ.

ފުލުހުން ބުނީ، އެ ސައިކަލު ފެނުނީ މިއަދު ހަވީރު 4:40 އެހާކަންހާއިރު މާފަންނު ފުލުހުން މާލެތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ކޯރުކެނޑިމަގުގައި ޕާކުކޮށްފައި ހުއްޓާ ކަމަށެވެ.

ފުލުހުން މިހާރު ވަނީ ސައިކަލުގެ ވެރިފަރާތަށް ސައިކަލު ހަވާލުކޮށްފައެވެ.