ޚަބަރު

ފަލަސްތީންގެ ފޮރިން މިނިސްޓަރު ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައިފި

މުހައްމަދު އައުޒަމް

ފަލަސްތީންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް، ޑރ. ރިއާދް މަލްކީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ މިނިސްޓަރ މަލްކީ އަށް މަރުހަބާ ދަންނަވައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ޒިޔާރަތް ކުރެއްވި ކަމަށް ޓަކައި އެމަނިކުފާނަށް ޝުކުރު އަދާކޮށްފައެވެ.

މިބައްދަލުކުރެއްވުމުގައި އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު އާއި މިނިސްޓަރ މަލްކީ ވަނީ މަޝްވަރާކުރައްވާފައެވެ.