ލައިފް ސްޓައިލް

ގެއްލުނު ކްލާސް އަނގޮޓި ފެނުނީ 44 އަހަރު ފަހުން

1975ގެ ގައި އަންހެނެއްގެ އަތުން ގެއްލުނު ކްލާސް އަނގޮޓިއެއް 44 އަހަރު ފަހުން ފެނިއްޖެއެވެ.

ފޮރެސްޓް ގްރޫވް ހައި ސްކޫލުގެ ސީނިއާ ކުލާހުގައި ކިޔަވަމުން ދިޔަ ލޯރީ ގެގޮރީ އޭނާގެ އަތުގައި އަޅާފައި އޮތް ކްލާސް އަނގޮޓި ނެގީ އަތް ދޮވުމަށް ޓަކައި ސްކޫލުގެ ފާހާނާގަ އެވެ. ފާހާނައިގައި އަނގޮޓި ބޭއްވިފައިވާކަން ހަނދާންވީ ފަހުންނެވެ. އަވަހަށް ގޮސް ބެލިއިރު އަނގޮޓިއެއް ނެތެވެ. އެ އަނގޮޓި ހޯދަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ނުފެނުނެވެ.

2018ގައި ކޭސީ ކުރިއަލް ކިޔާ މީހަކަށް ބަގީޗާ ސާފު ކުރަނިކޮށް އަނގޮޓިއެއް ފެނުނެވެ. އެއީ ލޯރީގެ ގެ ހުންނަ ހިސާބާ 34 މޭލު ގައި ހުރި ގެއެވެ. ކޭސީއަށް އަނގޮޓި ފެނުމާއެކު އެއީ އޭނާގެ އަނގޮޓިއެއް ނޫންކަމުން ފޭސްބުކްގައި އޭގެ ވެރިފަރާތް ހޯދަން އިއުލާނު ކުރިއެވެ. ލީޑެއް ނުލިބި އުޅެނިކޮށް މިދިޔަ މަހު އަނގޮޓީގައި އިން ނަމާ ފޮރެސްޓް ގްރޫވްގައި ދިރިއުޅޭ ލޯރީގެ ނަމާ ދިމާވިއެވެ. ހޯދަން ކުރިން އެހާ އުނދަގޫވީ ލޯރީ 1989ގައި ކައިވެނިކުރުމަށްފަހު ނަން ބަދަލުކޮށްފައި ވުމުންނެވެ.

ފޭސްބުކް ޕޯސްޓުގެ ވާހަކަ ލޯރީ ގާތު މީހަކު ބުނީ އޭނާއަށް ނޫހުން ވެސް ގުޅި ވަގުތު ކަމަށް ލޯރީ ބުންޏެވެ. އެ އަނގޮޓިއަކީ އޭނާގެ އަނގޮޓި ކަމަށް އޭރު ގަބޫލު ނުކުރެވޭ ކަމަށް ލޯރީ ބުންޏެވެ. އެއީ ގެއާ އެހާ ދުރުން ފެނިފައި ވާތީއެވެ.

ކޭސީ ބުނީ އެ އަނގޮޓީ އެގެއަށް އައީ ބަގީޗާ ހައްދަން ފިރިމީހާ ގެނައި ގަސްކާނާ ތަކުގެ ތެރޭން ކަމަށެވެ.

ކޭސީ އާއި ލޯރީ ބައްދަލުވެ އަނގޮޓި މިހާރު ވަނީ ލޯރީގެ އަތުގަ އެވެ.