ޚަބަރު

ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްގެ އަތުން މަނާ ބޭސްތަކަކާއި މަރުވާނާ ފަތްތަކެއް އަތުލައިގެންފި

އދ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްގެ އަތުން ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކަކާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "މަރުވާނާ" ފަތްތަކެއް އަތުލައިގެންފިއެވެ.

ފުލުހުން ބުނީ އދ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ މީހަކު ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކެއް ގެންގުޅޭކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ތުހުމަތުކުރެވޭ 36 އަހަރުގެ ސްރީލަންކާ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު، ރާއްޖެ އެތެރެކުރުން މަނާ ބާސްތަކަކާއި މަސްތުވުމަށް ބޭނުންކުރާ މަރުވާނާ ފަތްތަކެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.