އދ. މާމިގިލީ ގެއަކުން ބައި ލައްކަ ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ މާމިގިލީ ގެއަކުން 50،000 ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމުގެ މައްސަލައެއް ރޭ 11:00 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މާމިގިލީ ގެއަކުން ބައި ލައްކަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.