މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކުތަކަށް ނިސްބަތްވާ ފަރާތްތަކުން މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ވިއްކަން ބޭނުންކުރާ ގެތައް ރެއިޑުކުރުމަށް ފުލުހުން ފަށައިގެން އުޅޭ އޮޕަރޭޝަންގެ ތެރެއިން، މިރޭ ފުލުހުން ވަން މ. ލޮނުމިދިލި ގެއިން ޑުރަގާއި ގިނަ އަދަދެއްގެ ފައިސާ އާއެކުއަށް މީހަކު ހައްޔަރުކޮށްފިއެވެ.
ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ފުރުސަތު މީޑިއާތަކަށް ދިން އެ އޮޕަރޭޝަންގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، އެގެއިން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި އަންހެނަކު ވެސް ހިމެނޭ ކަމަށެވެ. ދެން ހިމެނެނީ ދެ ފިރިހެނުންނާއި ބިދޭސީ ފިރިހެނެކެވެ.
އެގެއިން މަސްތުވާތަކެތި ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާއިރު، ގިނަ އަދަދެއްގެ ފައިސާ ފުލުހުން ވަނީ ހޯދައިފައެވެ. ފުލުހުން ބުނީ، އެ ފައިސާތައް ފެނުނީ ހައްޔަރުކުރި ކުޑަކުދިންތައް ދިރިއުޅޭ ކޮޓަރި ތެރެއިން، އެތަނުން އެއް ކުއްޖެއްގެ ވޮލެޓު ތެރެއިން ކަމަށެވެ.